Saturday, January 25, 2014

މީލާދީ އާއަހަރެއްގެ ފެށުން - "2014"

ދުނިޔޭގެ ދުވަސްތައް ފާއިތުވެގެންދާއިރު، ކޮންމެ ދުވަހަކީވެސް އެތައް ޢިބުރަތްތަކެއް ދުނިޔެ، އޭގެ އަހުލުވެރިންނާއި ޙަވާލުކުރުމަށްފަހު ފާއިތުވެގެންދާ ދުވަސްތަކެކެވެ. އެ ޢިބުރަތްތަކުންް ފައިދާ ލިބިގަންނާށޭ ބުނާ ފަދަައެވެ. ޙަޔާތުގެ ޞަފުޙާތައް އުކެމުންދާއިރު، ފާއިތުވެގެންދާ ކޮންމެ ދުވަހެއްވެސް، ތިބާ، ތިބާގެ މަރާއި ގާތްކުރުވައެވެ. ނަމަވެސް ަަިމިކަން އެނގެނީ ނުވަތަ ހަނދާން ހުންނަނީ މަދު ބަޔެކެވެ. މީލާދީ އަހަރެއް އަނެއްކާވެސް އަޅުގަނޑުމެންނާއި ވަކިވެގެންދިޔައީއެވެ. 365 ދުވަހެވެ. އެތައް ބަޔަކު މަރުވެގެންދިޔަ    ދުވަސްތަކެކެވެ. އެތައް ބަޔަކު ދުނިޔެއަށް އުފަންވެސްވިމެއެވެ.ފަހެ ތިބާ އެތަން ދުށީމުހެއްޔެވެ؟އެކަމުން ޢިބުރަތް ލިބިގަތީމު ހެއްޔެވެ؟ ކޮންމެ ދުވަހަކީވެސް އެތަކެއް ވަޤުތު ތަކެކެވެ. އޭގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނެގުމަށް ތިބާ އަވަސްވެގަންނާށެވެ.ދުނިޔެ އަކީ އަބަދަށް ދެމި އޮންނާނޭ ތަނެއް ނޫނެވެ. ވީއިރު ތިބާ ތި މަޑުކުރަނީ ފަހެ ކީއްވެގެން . ހެއްޔެވެ؟ ލިބިފައިވާ މަދު ވަޤުތުގެ ބޭނުން ހިފާ މީހުންނަކީ ހަމަ ބާއްޖަވެރިންނެވެ

ފާއިތުވެގެންދިޔަ އަހަރު ކުރެވުނު ކަންތައް ހަނދާން އެބަހުރިތޯއެވެ؟ އަމިއްލަ އަށް ހިސާބު ހަދާލާށެވެ. އަދި އިތުރަށް ރަނގަޅު ކުރުމަށް ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިކަން ވިސްނާލާށެވެ. ކޮންމެ ފަހަރަކު މީހަކު އައިސް ހަނދާން ނުކޮށްދޭނެކަން ހަނދާން ކުރާށެވެ. ދުނިޔެ އަކީ ޢަޖައިބެއް ފަދަ ތަނެކެވެ. އެތަނުގެ ވަސްވާސްތަކުންނާއި ގޮވާލެވޭ އެކިއެކި ހިތް އެދޭ ތަފާތު ބޭނުންތަކެއްގެ ސަބަބުން އެންމެ ވިސްނޭ މީހުންވެސް އޭގެ އަވައިގައި ޖައްސާ، ދުނިޔޭގެ ޝިކާރައަކަށް ވެގެންދެއެވެ.އެހެންކަމުން ތިބާވެސް އެމަޅީގައި ބައްދާލުމަކީ ދުނިޔެއަށް އެއްވެސް އުނދަގޫ ކަމެއްނޫނެވެ. އަބަދުވެސް ވިސްނައިގެން ހުޝިޔާރުވެ ހުންނާށެވެ.މިފެށުނު އާއަހަރުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ލިބިގަންނާށެވެ.

ދުނިޔެއަކީ ހަމަ ޔަޤީނުންވެސް ތޮށަލި ދުޅައެއް ފަދަ އެއްޗެކެވެ. ހިތާމަތަކާއި، އުފާތަކާއި، ރުއިމާއި، ހުނުމާއި، މިފަދަ ކަންތައްތަކަކީ ކޮންމެ މީހަކަށްވެސް ދިމާވާނޭ ކަންތައްތަކެވެ. ކޮންމެ މީހަކުވެސް ޢަޒުމް ކަނޑައަޅަން ވާނީ، އާއަހަރެއް ފެށިގެން އަންނައިރު، ދުނިޔޭގެ ހިނގުން ދަސްކުރުމަށެވެ. ދުނިޔެ ޖަހާހާ މަޅިފައްޗެއްގައި ބެދުމަކަށްނޫނެވެ. ތިބާ އަކީ ވެސް ވިސްނުމެއްހުރި، ހަރުދަނާ އިންސާނަކަށްވުމަށެވެ.

ދުނިޔޭގެ ދުވަސްތައް ފާއިތުވެގެންދާއިރު، އަހަރެމެންނަށް މިތިބެވެނީ ނިދިފައެވެ. ދުނިޔޭގެ ދަޅަތަކަށް ރަނގަޅަށް ހެއްލި، އޭގެ ނުބައި އަވައިގައިޖެހިފައެވެ. އާއަހަރަކަށް އާ ޢަޒުމް ތަކެއް ކަނޑައަޅާއިރު މިފަދަ ކަންތައްތަކަށް ވިސްނުމަކީ، ވަރަށް ބޭނުންތެރި ކަމެކެވެ. ތިބާއަށް ކުރެވިފައި ހުރީ ކޮން ކޮން ކަންތައްތަކެއް ކަމާއި ނުކުރެވި ހުރީ ކޮން ކޮން ކަންތައްތަކެއްކަން ރަނގަޅަށް ދެނެގަނެ ، ނުކުރެވި ހުރި ކަންތައްތަައް ކުރުމަށާއި، ކުރިން ކުރެވޭ ނޭދެވޭ ކަންތައްތައް ދުކޮށްލުމަކީ ތިބާގެ އެންމެ ބޮޑު އެއް ޢަޒުމް ކަމުގައި ހަދާށެވެ. ފެށިގެން މިއައި އަހަރަކީ ތިބާގެ އަހަރަކަށް ހެދުމަކީ ހަމަ ތިބާގެ ބާރުގެ ދަށުގައިވާ ކަމެކެވެ.

No comments:

Post a Comment